bismi

Switch to English Edition

24 Mar 2019

ފުވައްމުލަކުގައި ބެލެނިވެރިންނާއި، ޓީޗަރުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފި

IMG_1170
ފުވައްމުލަކުގައި ބެލެނިވެރިންނާއި، ޓީޗަރުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ.
ފުވައްމުލަކުގެ ދެ ސްކޫލެއްގެ ބެލެނިވެރިންނަށް އަމާޒުކޮށް ހޭލުންތެރިކަން އިތުރުކުރުމަށް މައުލޫމާތުދިނީ ދަރިންތަރުބިއްޔަތު ކުރުމުގެ ހުނަރުތަކާ ގުޅޭގޮތުންނެވެ.ހަރުދަނާގޮތެއްގައި ދަރިން ތަރުބިއްޔަތުކުރާނެ ގޮތުގެ މައުލޫމާތު ދެ ސްކޫލެއްގެ 83 ބެލެނިވެރިންނަށް ވަނީ ދީފައެވެ. އެއީ ފުވައްމުލަކު ސްކޫލްގެ 63 ބެލެނިވެރިންނަށާއި، ފުވައްމުލަކު އަތޮޅު ތައުލީމީ މަރުކަޒުގެ 20 ބެލެނިވެރިންނަށެވެ.
ޓީޗަރުންނަށް މައުލޫމާތުދިނީ ކުދިންގެ އަޚްލާޤީ މައްސަލަތައް ދެނެގަންނާނެގޮތާއި، އަޚްލާޤީ މައްސަލަތައް ހުންނަ ކުދިންނާމެދު އަމަލުކުރާނެ ގޮތާ ގުޅޭގޮތުންނެވެ.
IMG_1169
ޖުވެނައިލް ޖަސްޓިސް ޔުނިޓުން ކުރިއަށްގެންދިޔަ ޕްރޮގްރާމްގައި 83 ބެލެނިވެރިންނާއި، 40 ޓީޗަރުންނަށް ވަނީ މައުލޫމާތުދީފައެވެ. މިޕްރޮގްރާމް ކުރިއަށްގެންދިޔައީ މާރޗް 21 ން 23 އަށެވެ.


ލިޔުންތައް