bismi

Switch to English Edition

01 Mar 2016

ޖުވެނައިލް ޖަސްޓިސް ޓްރޭނިންގ 19ވަނަ ބުރު ނިންމާލުން

ޖުވެނައިލް ޖަސްޓިސް ޔުނިޓުން އިންތިޒާމުކޮށްގެން މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ޖުވެނައިލް ކޯޓާއި ޕްރޮސެކިޔުޓަރ ޖެނެރަލްގެ އޮފީހުގެ އެހީތެރިކަމާއި އެއްބާރުލެއްވުމާއެކު ބޭއްވުނު ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ 19 ވަނަ ބައްދަލުވުމުގެ ބައިވެރިންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ހއ.ދިއްދޫގައި ރޭ (ބުރާސްފަތި ދުވަހު) ހއ. ދިއްދޫގައި ބޭއްވިއްޖެއެވެ. މި ރަސްމިއްޔާތުގެ ޝަރަފު ވެރި މެހެމާން، މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ ނާއިބު އަލްފާޟިލް މޫސާ ފަތުޙީއެވެ.

12744065_1688060448074650_1057893516470470097_n

މިހިނގާ ފެބްރުއަރީ މަހުގެ 7ން 11އަށް ހއ.ދިއްދޫގައި ބޭއްވި ތަމްރީންގައި ހއ.އަތޮޅާއި ހދ. އަތޮޅުގައި ސަރަހައްދުގައި ހުންނަ ގުޅުންހުރި މުޢައްސަސާތަކުގެ އިސްބޭފުޅުންނަށް އަމާޒުކޮށް ފުލުހުންގެ މަރުކަޒުތަކުންނާއި ސްކޫލް މަދަރުސާތަކުންނާއި، ހއ.އެފް.ސީ.އެސް.ސީންނާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ ހދ. ގޮފީގައި ހުންނަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބޭފުޅުންނާއި އަދި އަތޮޅު އަދި ރަށު ކައުންސިލްގެ ބޭފުޅުން ބައިވެރިވެ ވަޑައިގަތުމެވެ. ޖުމްލަ 21 ބައިވެރިން ހިމެނޭ މިތަމްރީންގައި މައުލޫމާތު ދެއްވީ ޖުވެނައިލް ކޯޓާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަން ޑިޕާޓްމަންޓުންނާއި ޕްރޮސެކިޔުޓަރ ޖެނެރަލްގެ އޮފީހާއި ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ އިސްވެރިންނާއި ފަންނީ ބޭފުޅުންނެވެ.

12705686_1688060374741324_1308468565480678509_n

ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ޖުވެނައިލް ޖަސްޓިސް ޔުނިޓުން ކުރިޔަށް ގެންދާ މިތަމްރީނު ޕްރޮގްރާމުގެ ދަށުން މިހާތަނަށް 528 ކަމާގުޅުން ހުރި ބޭފުޅުންވަނީ މީހުން ވަނީ ތަމްރީނު ކުރެވިފައެވެ.

12744436_1688060254741336_7739608644084748843_n  12743609_1688060384741323_2987228887676366342_n 12733448_1688060251408003_5822154636005880536_n


ލިޔުންތައް