bismi

Switch to English Edition

ތަޢާރަފް

ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ މަސައްކަތް މައިގަނޑު ގޮތެއްގައި ބިނާވެފާއިވަނީ “ރެސްޓޮރެޓިވް ޖަސްޓިސް” ގެ މައްޗަށެވެ. “ރެސްޓޮރެޓިވް ޖަސްޓިސް” ގައި އެންމެ މުހިއްމު ކަމެއްދެވެނީ ކުށެއްގެ ސަބަބުން ކުއްޖާއަށާއި، މުޖްތަމަޢުއަށް ލިބޭ ގެއްލުން ފޫބެއްދުމެވެ. ރެސްޓޮރެޓިވް ޖަސްޓިސްއަކީ ކުށްކުރާފަރާތާއި ގެއްލުންލިބޭފަރާތާއި ކޮމިޔުނިޓީއާއި ވާހަކަދައްކައިގެން މައްސަލައަށް ހައްލު ހޯދުމެވެ.

ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ މަސައްކަތް އަމާޒުވަނީ 12 އަހަރާއި 18 އަހަރާ ދެމެދުގެ ކުށްކުރާކުދިން ބޭނުންތެރި ބައެއްގެ ގޮތުގައި އަނބުރާ މުޖްތަމަޢުއަށް ގެނެސް މުޖްތަމަޢުއިން އެކުދިން ބަލައިގަންނާނެ ނިޒާމެއް ގާއިމުކުރުމާއި، މިކަމާބެހޭ ޤައުމީ ސިޔާސަތު އެކުލަވާލުމާއި ކަމާބެހޭގޮތުން ދިރާސާކުރުމެވެ. މީގެ އިތުރުން މުޖްތަމައުގައި ކުށްކުރާ ކުދިން މަދު ކުރުމަށްޓަކައި ހަރުދަނާ ނިޒާމެއް ގާއިމުކުރުމެވެ.


ލިޔުންތައް