bismi

Switch to English Edition

މަސައްކަތްތައް

 1. ޤާނޫނާ ޚިލާފުވާ ކުޑަކުދިންނާބެހޭ ޤައުމީ ސިޔާސަތު އެކުލަވާލުން.
 2. ކުޑަކުދިންގެ ޖިނާއީ ޢަދުލާބެހޭ ޤާނޫނު އެކުލަވާލުމާއި، އިޞްލާޙުކުރުމާއި، ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހެދުން.
 3. ޤާނޫނާ ޚިލާފުވާ ކުޑަކުދިންނަށް ޝަރުޢީ ނިޒާމުގެ ބޭރުން ފުރުސަތު ހޯދައިދިނުން.
 4. ޤާނޫނާއި ގަވާއިދާ ޚިލާފުވާ 18 އަހަރުން ދަށުގެ ކުދިން އަނބުރާ މުޖްތަމަޢަށް ގެނައުމަށްޓަކައި ކައުންސެލިންގއާއި ރިހެބިލިޓޭޝަންގެ ޚިދުމަތް ދިނުން.
 5. ޤާނޫނާ ޚިލާފުވާ ކުޑަކުދިންނާބެހޭ ތަފާސްހިސާބު އެއްކުރުމާއި، ކަމާބެހޭ ޑޭޓާބޭސްއެއް ގާއިމްކުރުން.
 6. މުޖުތަމަޢުގައި ކުޑަކުދިން ކުށްކުރުމަށް ދިމާވާ ސަބަބުތައް ދެނެގަނެ، ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުށްކުރުން ހުއްޓުވުމަށް މަސައްކަތްކުރުން.
 7. ކުޑަކުދިންގެ ޖިނާއީ ޢަދުލުގެ ނިޒާމާބެހޭ ގޮތުންނާއި، ކުށްކުރާ ކުޑަކުދިންނާބެހޭ އެކިއެކި ދިރާސާތައް ކުރުން.
 8. ކުޑަކުދިންގެ ޢަދުލުގެ ނިޒާމާބެހޭ ގޮތުންނާއި، ޤާނޫނާ ޚިލާފުވާ ކުޑަކުދިންނާބެހޭ ގޮތުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުން.
 9. ޖުވެނައިލް ޖަސްޓިސް ކޯޑިނޭޝަން ކޮމިޓީގެ މަސައްކަތްތައް ބެލެހެއްޓުން.
 10. ކ. ފޭދޫފިނޮޅުގައި ޤާއިމްކުރެވިފައިވާ ކަރެކްޝަނަލް ޓްރޭނިންގ ސެންޓްރ ފޮރ ޗިލްޑްރަން ބެލެހެއްޓުން.
 11. ކޯޓުން ޙުކުމްކުރާ ކުޑަކުދިން ބަންދުކުރާ ޖުވެނައިލް ޑިޓެންޝަން ސެންޓަރަށް ބޭނުންވާ ފަންނީ އެހީއާއި، އިރުޝާދު ދިނުން.

ލިޔުންތައް